ބޭނުން ކުރުމުގެ އުސޫލުތައް
އެކުވެރިން ޑޮޓް އެމްވީ ބޭނުން ކުރުމުގެ އެއްބަސްވުން
އެކުވެރިން ޑޮޓް އެމްވީ ތިޔަ ބޭނުންކުރެވެނީ އަންނަނިވި ޝަރުތުތަކަށް އެއްބަސްވެގެންނެވެ. މިޝަރުތުތައް ޤަބޫލުނުކުރާނަމަ، ސައިޓްގެ ބޭނުން ތިޔަކުރެވެނީ އަޅުގަނޑުމެންގެ ހުއްދައާއި ނުލައެވެ. މިއެއްބަސްވުމާއި ޚިލާފަށް ސައިޓްގެ ބޭނުންކޮށްގެން ލިބޭއެއްވެސް ގެއްލުމަކަށް އެކުވެރިން ޑޮޓް އެމްވީ އިން ޒިއްމާއެއް ނުވާނެއެވެ.

ޝަރުތުތައް
1- އަޅުގަނޑު( ސައިޓް ބޭނުންކުރާ ފަރާތް ) އެކުވެރިން ޑޮޓް އެމްވީ މި ބޭނުންކުރަނީ ޤާނޫނީގޮތުން ހުއްދަކަންތައްތަކުގައެވެ.
2-އަޅުގަނޑު މިސައިޓް މެދުވެރިކޮށް އެހެންފަރާތަކަށް ގެއްލުމެއްލިބިދާނެ، ކަމެއް ކުރުމުން މަނާވަމެވެ.
3- އަޅުގަނޑު މިސައިޓްގައިވާ އެއްވެސް މާއްދާއެއް، އަމިއްލަބޭނުމެއްގައި މެނުވީ ބޭނުމެއް ނުކުރާނަމެވެ.
4- ވިޔަފާރީގެ ގޮތުގައި، މިސައިޓްގައިވާ އެއްވެސް މާއްދާއެއް، ސައިޓްގެ ހުއްދައާއި ނުލައި އަޅުގަނޑު ބޭނުމެއް ނުކުރާނަމެވެ.
5- މިސައިޓްގައިވާ މާއްދާއެއް، އަމިއްލަބޭނުމެއް ކުރުމަށް ނުވަތަ އެހެން ފަރާތަކަށް ފޯރުކޮށްދޭއިރު، އެމާއްދާއެއްގެ އަޞްލަށް އެއްވެސްކަހަލަ އުނިއިތުރެއް ނުގެންނާނަމެވެ. އަދި އެއީ އެކުވެރިން ޑޮޓް އެމްވީ ނަގާފައިވާ އެއްޗެއްކަން ވަންހަނާ ނުކުރާނަމެވެ.